logo
logo
މާލޭގެ އުސްފަސްގަނޑުގައި ސްކޭޓް ޕާކް އެރީނާއެއް ތަރައްޤީކޮށް ހުޅުވައިފި

މާލޭގެ އުސްފަސްގަނޑުގައި ސްކޭޓް ޕާކް އެރީނާއެއް ތަރައްޤީކޮށް ހުޅުވައިފި

2026 އޭޕްރީލު 02
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

މާލޭގެ އުސްފަސްގަނޑުގައި ސްކޭޓް ޕާކް އެރީނާއެއް ތަރައްޤީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި ޕާކް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.

 

 

ސްކޭޓް ޕާރކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ކުދިންނާއިއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާރކް ބައްލަވާލެއްވިއެވެ.

ދާއިމީ ސްކޭޓިންގ އެރީނާއެއް ތަރައްޤީ ކުރުމަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް