
ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ވަގުތެއްގައި ބޭއްވުމަކީ ރައީސް ކަމަށް އިންތިހާބުވާނެ ބޭފުޅަކު އެނގިވަޑައިގަތުމެއް ނެތި، މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ލިބޭ ފުރުސަތެއް ކަމަށާއި އެއާ އެކު، ސުޕަމެޖޯރިޓީގެ ނިޒާމު ރައްޔިތުންގެ މަޖިލިހުން ނެތިކޮށްލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ މަގުބޫލު ނޫން ނިންމުމެއް ނަގައިގެން ވިޔަސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގައުމަށް ފައިދާ ހުރި ކަންކަން ކުރައްވަން ކަމަށެވެ. އެއީ ވޭޕް މަނާކުރުމާއި ޖެނަރޭޝަން ބޭނެއް ގެނައުން ކަމަށް ވިޔަސް މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ މުސްތަގުބަލަށް ފައިދާވާނެ ކަންކަން ކުރުމުގައި ދެމިހުންނެވުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަކީ ވެސް އެފަަދަ ކަމެކެވެ. މިހާރު އޮންނަ ގޮތުން ނަމަ ރިޔާސީ އިންތިހާބަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ޖެހޭއިރު، އެކަމުން ލިބޭނެ ފައިދާއެއް ނެތް ތަނުގައި ލިބެނީ ހުސް ގެއްލުން ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ސުޕަ މެޖޯރިޓީގެ މި ނިޒާމު ވެސް ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން،"
މީގެ އިތުރުން މި ސަރުކާރުން އިސްކުރަނީ ގައުމު ކަމަށާއި އިސްލާހީ ބަދަލުތަކެއް މި ސަރުކާރުން ގެނައުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރައިސް ވިދާޅުވި އެވެ. އެއީ ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުތަކާއި މުޖުތަމައުގައި އަށަގެންފައި ހުރި ނުބައި އާދަތަކަށް ވިޔަސް މި ސަރުކާރުން އިސްކުރަނީ ގައުމު ކަމަށް ވިދާޅުވި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރައީސް އިލްތިމާސްކުރެއްވީ އެންމެންވެސް ވޯޓުލުމުގެ ހައްގު އަދާކުރަން2026 އޭޕްރީލު 04
އެމްޑީޕީ ސަރުކާރުން ރަހުނުކުރި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް މިނިވަންކޮށްފި!2026 އޭޕްރީލު 03
މާލޭގެ އުސްފަސްގަނޑުގައި ސްކޭޓް ޕާކް އެރީނާއެއް ތަރައްޤީކޮށް ހުޅުވައިފި2026 އޭޕްރީލު 02
ގިނަ ބަޔަކު ބޭނުންވެގެން ތިބި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްފި2026 އޭޕްރީލު 02