
ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އެއްވެސް އަސްކަރީ ނުރައްކަލެއް ނެތް: ޣައްސާން
ޒައުޖަތު އަޙުމަދުމެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އެއްވެސް އަސްކަރީ ނުރައްކަލެއް ނެތް ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ މުއިއްޒު އެކުލަވައިލި ވަޒީރުންގެ ޚާއްސަ ކޮމެޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ، ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް، އެތަނުން އެއްވެސް ޤައުމަަކަށް ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.
ޣައްސާނު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ދިފާޢީ ވުޒާރާއިން އަޅާނެކަމަށެވެ. އަދި ރާއްޖެއަށް މިދނަޑިވަޅުގައި އަސްކަރީގޮތުން ނުރައްކަލެއް އޮތްކަމަކަށް ނުފެންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް އެދުނީ ކޮން ޤައުމުތަކަކުންތޯ ނޫސްވެރިއަކު ދެެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޤައުމުތަކާއެކު ކުރެވޭ އެފަދަ މުޢާމަލާތްތަކަކީ ޤައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މަޢުލޫމާތުތަކެއް ނޫން ކަމަށާއި ރާއްޖެއާއި އެކި ޤައުމުތަކާއެކު އޮންނަ ގުޅުންތަކަކީ އިޙްތިރާމްއާއެކު އޮންނަ ގުޅުންތަކެއްކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ. މި ކޮމިޓީއަކީ ހަނގުރާމައިގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.
މެދުއިރުމަތީގައި ހަމަނުޖެހުން އުފެދިފައި ވަނީ، ފެބުރުއަރީ މަހުގެ 28 ން ފެށިގެން އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާތައް ދޭން ފެށުމާއި ގުޅިގެންނެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


