
ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއްގައި، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 1:39 ގައި ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ވިދާޅުވީ މި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްވާ ކަމަށާއި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


