logo
logo
ޕާކިސްތާނުން އަފްޤާނިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

ޕާކިސްތާނުން އަފްޤާނިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

2026 ފެބްރުއަރީ 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ޕާކިސްތާނުން ރޭ ދަންވަރު އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގެ ޓެރަރިސްޓު މަރުކަޒުތަކަށް ކަމަށް ބުނެ ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. 

އަފްޣާނިސްތާނުން ބުނެފައިވަނީ މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

ޕާކިސްތާނުގައި އަމިއްލައަށް މަރުވެގެން ހަމަލާތަކެއް ދީފައި ވަނިކޮށް ދިން މި ހަމަލާތައް އަމާޒުކުރީ ޕާކިސްތާނުން ބުނި ގޮތުގައި އެ ގައުމަށް ހަމަލާދޭ ޓެރަރިސްޓުން އުޅޭ ހަތް ތަނަކަށެވެ. 

މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އިން ނެރުނު ބަޔާނުގައި ބުނީ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ ތާލިބާން ހަނގުރާމަވެރިންނާއި އެ މީހުންނާ ގުޅިފައިވާ އިސްލާމިކް ޖިހާދު ފަދަ ޖަމާއަތްތަކުގެ މަރުކަޒުތަކަށް ކަމަށެވެ. 

އަފްޣާނިސްތާނުން ބުނީ އެ ހަމަލާތަކުގައި ނަންގަރްހާރާއި ޕަކްޓިކާ ޕްރޮވިންސުން އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުންޏެވެ. 

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަދަލުކުރި ހަމަލާތަކުގައި 70 އަސް ވުރެ ގިނަ މީހުން މަރުވި ފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަހަމް ވެފައިވެ އެވެ. 

ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް އަނބުރާ ހޯދި ފަހުން ދެ ގައުމުގެ ދެމެދުގައި ވަނީ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. އަދި މި މައްސަލަތައް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިތުރަށް ގޯސްވެފައިވެ އެވެ. 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް