އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް ޕާކިސްތާނާއިއެކު މަޝްވަރާ ކުރައްވައިފި

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އަސްކަރީ އަދި ދިފާއީ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބާރުލުން ދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް، ބުރާސްފަތި ދުވަހު ހެނދުނު ވަނީ ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޖެނެރަލް މިރްޒާ ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުންމަތީ ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހިއްސާކުރާ އަޒުމު ތަކުރާރުކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)