
ފުލުސް އިދާރާ ވަގުތީގޮތުން ހިންގުން ފަރުހާދަށް!
ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ރިޓަޔާ ކުރެއްވުމާއި ގުޅިގެން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ހަމަޖައްސަވައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ނަވީން، އިއްޔެއިން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެމަތިން އިއްޔެ ފެށިގެން އެ ހިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހްސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ނަވީން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ.
ރިޓަޔާ ކުރެއްވުމަށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ، މިއަދަކީ އޭނާގެ ރިޓަޔަމަންޓްގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރު ކުރިން އެ ހިދުމަތާއި ގުޅި، ހިދުމަތް ކުރެއްވުމަށްފަހު ކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީނަށް ޖޫން 2025 ގައި ޕޮލިސް ކޮމިޝަނަރުކަން ލިބިވަޑައިގަތީ އެ މަގާމު ފުރުއްވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ2026 މާރިޗު 13
ނިޔާވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެ2026 މާރިޗު 13
ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނިކުތް މީހަކު ގެއްލިގެން ހޯދަންފަށައިފި2026 މާރިޗު 12
ސްކޭމްތައް މަދުކުރުމަށް ހިންގާ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ!2026 މާރިޗު 11