
މި ރޯދަމަހު، އޫރީދޫއާއެކު 'ކަރާ ފަޅައިގެން' އެއް ލައްކަ ރުފިޔާގެ އިނާމު ލިބުމުގެ ފުރުސަތެއް!
އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، އުރީދޫން ކުރިއަށް ގެންދާ 'ކަރާ ފެޅުން' ޕްރޮމޯޝަނުގެ ތެރެއިން އެއް ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، އެންމެ ބޮޑު އިނާމަކަށް ލިބެނީ، އެއް ލައްކަ ރުފިޔާގެ ކްރިއޭޓާ ބަންޑަލްއެކެވެ. އޭގެތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯއަކާއި މެކްބުކަކާއި އައިޕެޑަކާއި ޑްރޯންއަކާއި އޮސްމީ ޕޮކެޓް ކްރިއޭޓާއެކެވެ.
މިއަދު ބޭއްވި ހަފުލާގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި އަހަރު ކަރާ ފެޅުން ތައާރަފުކުރީ މިދިޔަ އަހަރަށް ވުރެ ފޯރިގަދަކޮށް، އާ ފީޗާތަކާ އެކީގައި ކަމަށެވެ.
މި ފަހަރުގެ ގޭމްގައި އެންމެ ޚާއްސަ ކަމަކަށް ނިޔާޒު ފާހަގަކުރެއްވީ، 'ކަރާ ކުއެސްޓް' ނުވަތަ މެޕުން ދައްކާ ކޮންމެ ތަނަކަށް ގޮސްގެން ކަރާ ފެޅުމެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި، އެ ގޭމުގައި ބައިވެރިވާ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ހިލޭ ޑޭޓާއާއި ޚާއްސަ އިނާމުތައް ލިބޭނެއެވެ. އަދި، އުންމީދަކީ، އެ ގޭމުގެ ތެރެއިން އެކަކު، އަނެކަކާ އޮންނަ ގުޅުން ބަދަހިވުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

