
އަންނަ އަހަރު ޕޭޕެލް ރާއްޖެއަށް އަންނަނީ!
ޕޭޕެލް އާއި އުރީދޫ ފިންޓެކް ގުޅިގެން ރާއްޖެގައި ޕޭޕެލްގެ ހިދުމަތްފެށުމަށް ތައްޔާރުވެފައިވާކަން އިއުލާނުކޮށްފިއެވެ.
ޕޭޕެލްެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ އުރީދޫ ފިންޓެކާއި ޕޭޕެލް ގުޅިގެންނެވެ. އެ ފަރާތުން މައުލޫމާތު ދޭގޮތުގައި މިހާރު ކުރިއަށް ދަނީ ދެ ފަރާތުން ޕާޓްނާޝިޕް އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަރުހަލާއެވެ.
މި ކަމަކީ ރާއްޖެގެ އާންމުންނާއި ވިޔަފާރިތަކަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. ޕޭޕެލްގެ ހިދުމަތް ފެޝުމަށް ހަމަޖެިފައިވަނީ އަންނަ އަަހަރުގެ ތެރޭގައެވެ. މި ހިދުމަތް ފެށުމުން ދިވެހިންނަށް ޕޭޕެލް ބޭނުންކޮށްގެން ބޭރުން ވިޔަފާރި ކުރެވުމާއި ޕޭޕެލް އިން އުރީދޫގެ އެމްފައިސާއަށް ވެސް ފައިސާ ޖަމާ ކުރެވޭނެއެވެ.
މީގެ އިތުރުން ދިވެހި ވިޔަފާރިވެރިންނަށް މި ހިދުމަތުގެ ސަބަބުން ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުގައި ވިއްކުމުގެ މަގު ފަހިވެގެން ދާނެއެވެ.
ޕޭޕެލް ހިދުމަތް ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓީގައި ހިމެނޭ ޑިޖިޓަލް ޓްރާންފޮމޭޝަންގެ ތެރެއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
