logologologologo
STO
ޚަބަރު

ރައީސްގެ ވަޢުދުފުޅު ފުއްދަވާ ތޮއްޑުއަށް ސީ ޕްލޭންގެ ދަތުރުތައް ފަށައިފި

ރައީސްގެ ވަޢުދުފުޅު ފުއްދަވާ ތޮއްޑުއަށް ސީ ޕްލޭންގެ ދަތުރުތައް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 12

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށައިފިއެވެ.

ސީޕްލޭން ދަތުރުތަށް ފެށުމަށް ތޮއްޑޫގައި ވަނީ ސަޤާފީ ޙަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ބައިވެރިވެފައެވެ. އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން އަދި ތޮއްޑޫގެ ކައުންސިލްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ތެރެއިން ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ.

ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް އެކި ބޭނުންތަކުގައި ކަނޑުމަގުން ދަތުރުކުން ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށްކަމަށާއި ތޮއްޑޫއަށް މިފެށި ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށާއި އަދި ޑިމާންޑު އިތުރުވާނަމަ ދަތުރުތައް އިތުރުކުރާނެކަމަށް ސަލީމް ވިދާަޅުވިއެވެ.

 

View post on Twitter



ތޮއްޑުއަށް މި ޚިދުމަތް ފެށުމާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު އަމީން ވިދާޅުވީ މިއަދަކީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގެ ރައްޔިތުންނަށް ނުހަނު އުފާވެރި ދުވަހެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ތަރައްޤީގެ ސިޔާސަތުތަކުގެ ދަށުން، ޤައުމީ އެއާލައިނުން މި ފެށި ޚިދުމަތުގެ ސަބަބުން، އަތޮޅާއި ރަށުގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއަރައި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް