logologologologo
STO
ޚަބަރު

ރައީސްގެ ވަޢުދު ފުއްދަވައި ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފި!

ރައީސްގެ ވަޢުދު ފުއްދަވައި ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށައިފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖެނުއަރީ 23

ނ. ވެލިދުއަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

ވެލިދުއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ސީޕްލޭން ދަތުރުތައް ވެލިދުއަށް ފެށުމަށް ވެލިދޫގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީންގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުންގެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުތަށް ފެށުމަށް ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ވެލިދޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމަށާއި ދަތުރުވެރިން މަޑުކޮށްލައިގެން ތިބުމަށް ހާއްސަ ލައުންޖެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި ފުރަތަމަ ފްލައިޓަށް މެންދުރު 1:40 ގައި ވަނީ ޗެކިން ފަށާފައެވެ. ފުރަތަމަ ފްލައިޓު ފުރާފައިވަނީ 2:40 ހާއިރުއެވެ.

ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފެށުމާއި ގުޅިގެން ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ވެލިދޫ ރައްޔިތުންނަށް ވަރަށް އުފާވެރި އަދި ތާރީޚީ ދުވަހެއް ކަމަށާއި ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ޚިދުމަތް ފެށިފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ މޯލްޑިވިއަނުން މި ޚިދުމަތް ފެށުމުގެ ސަބަބުން ނ. އަތޮޅާއި ވެލިދޫގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ލިބި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް