logologologologo
STO
ޚަބަރު

ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަނުން ތައްޔާރުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޑިސެމްބަރު 19

 

ޤައުމީ އެއާލައިން މޯލްޑިވިއަނުން ފުރަތަމަ ފަހަރަށް މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަންތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ ލީޑިން ޓްރެވެލް ކުންފުންޏެއްކަމަށްވާ 'ލަގްޒަރީ އެސްކޭޕްސް' އާއި ގުޅިގެންނެވެ.

މޯލްޑިވިއަނުން މި ދަތުރުތައް ކުރާނީ މާލެއާއި އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ދަތުރުތައް ފެށުމަކީ ޤައުމީ އެއާލައިންއަށާއި ދިވެހިރާއްޖެއަށްވެސް ވަރަށް ތާރީޚީ ކަމެއްކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މިއީ އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު އިތުރަށް ގުޅުން ބަދަހިވާނެކަމެކެވެ.

 

View post on Twitter

މި ދަތުރުތަކަކީ ސީޒަނަލްކޮށް ފަށާ ދަތުރުތަކެކެވެ. މި ދަތުރުތައް ފަށާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ކަމަށާއި މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޝް ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއްކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް އިޔާޝް ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް