ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ ނޮމިނީސް ލިސްޓުގައި މެސީގެ ނަން އޮތުމުން ގިނަބަޔަކަށް އެކަންވީ "ޖޯކަަކަށް"

2024 ވަނަ އަހަރު ފީފާއިން ހޮވާ މޮޅު ކުރުންތެރިޔާ ހޮވުމަށް އެކުލަވާލާ ޝޯޓްލިސްޓު ކުރިން ނޮމިނީސް ލިސްޓުގައި މެސީގެ ނަން އޮތުމުން ގިނަ ބައެއް ފީފާ އެވޯޑް އަކީ ޖޯކެއްގެ ގޮތުގައި ސިފަކޮށްފިއެވެ.
މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނޮމިނީސްގެ ގޮތުގައި ލިސްޓު ކުރެވިފައިވާ ކުޅުންތެރިން ތެރޭގައި ހިމެނެނީ އެންމެ ފަހުން ބެލެންޑީއޯ ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީގެ ރޮޑްރީ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ލަމީން ޔަމާލް އާއި ސިޓީގެ ހާލޭންޑް އަދި ބަޔާން ލެވަކޫސަންގެ ވްރިޓްޒްއެވެ.
މި ލިސްޓުގައި އެންމެ ގިނައިން ހިމެނިފައިވަނީ ރެއާލްގެ ކުޅުންތެރިންނެވެ. މި އަހަރު އެންމެ މޮޅު ކުޅުމެއް ދެއްކު ކުޅުންތެރިޔާ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ވިނީޝިއުސް އާއި 20 އަހަރުގައި ދުނިޔޭގެ ފެންވަރުގެ ކުޅުމެއް ފުރަތަމަ ސީޒަނުގައި ރެއާލްގައި ދެއްކި ބެލިންގްހަމް އާއި ވަލްވާޑޭ އާއި ޓޯނީ ކްރޫސް އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޯވެސް ކާމިޔާބު ކުރި ރެއާލްގެ ފުލްބެކް ކާވަހާލްއެވެ.
މި ލިސްޓުގައި މާބޮޑު ކާމިޔާބެއް އަދި ތަފާތު މޮޅު ކުޅުމެއް ދެއްކުމެއްނެތި އަދި މާގިނަ ގޯލްތަކެއް ޖެހުމެއް ނެތި ހިމެނިފައިވަނީ އެމެރިކާގެ އިންޓަމަޔާމީގައި ކުޅެމުން އަންނަ ލިއޮނަލް މެސީއެވެ.
މެސީ މި ލިސްޓުގައި ހިމެނުމާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ފީފާއަށް ވަނީ އަމާޒުވެފައެވެ. މީގެ ކުރިންވެސް ފީފާއިން މެސީއަށް ތަފާތުކޮށް "ފޭވާ" ކުރާކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.

.gif.gif&w=828&q=100)

.jpg&w=3840&q=100)