
ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި
ޒައުޖަތު އަޙުމަދުޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ.
މި ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފެށުމާއިއެކު، ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.
އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤުޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޒަކާތުގެ ބިލު ތަސްދީޤުކުރައްވާފައިވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ.
މި ފެށުނު އާ އަހަރާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށައިފައެވެ.
އައު ޤާނޫނުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރެއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/1 އިން މިކަން ވަނީ މިއަދު އިޢުލާންކުރައްވާފައެވެ.
މިއަދު ޢަމަލުކުރަން ފެށި ޒަކާތުގެ ޤާނޫނަކީ ރާއްޖޭގައި މުޅިން އަލަށް ފާސްކޮށް ޢަމަލުކުރަންފެށި ޤާނޫނެއްކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލޭގެ މޭޔަރަށް ދިން ހަމަލާ، އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރިކުރައްވައިފި2026 އޭޕްރީލު 25
އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި2026 އޭޕްރީލު 23
ރައީސްގެ ޖުޑީޝަލް ރިފޯމް ވިސްނުމަށް ކުރީގެ އުއްތަމަފަނޑިޔާރު ފާއިޒް ތާއީދުކުރައްވައިފި2026 އޭޕްރީލު 21
މެރިޓް ބޭސްޑްކޮށް ނޫން ގޮތަކަށް މަޤާމުތަކަށް މީހުން ނެގިގެން ނުވާނެ: ރައީސް2026 އޭޕްރީލު 20