
17 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ގާއިމުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފި
ޒައުޖަތު އަޙުމަދު17 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ގާއިމުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ އެކު ރޭ ސޮއިކުރައްވާފައިވާ ކަމަށެވެ.
17 ރަށެއްގައި ކުރިއަށްގެންދާ 20 ކުޅިވަރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲއެވެ.
މި އެއްބަސްވުންތަކުގައި ސިވެކްގެ ފަރާތުން ސޮއިކުރައްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބެއިރުއެވެ.
ސިވެކްއާއެކު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ: އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން، އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުން، ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން، ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، ފ. ދަރަނބޫދޫ ވޮލީކޯޓު ޤާއިމްކުރުން، ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން، ހއ. ދިއްދޫ ސްވިމިން ޓްރެކް ޤާއިމްކުރުން، ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން، 1މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްޤީކުރުން، ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން، ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމެވެ.
މީގެއިތުރުން ނ. ޅޮހީގައި 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސިވެކްއާ ހަވާލުކޮށްފައިވެއެވެ. އޭގެތެރޭގައި ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން، ނ. ޅޮހި މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން، ނ. ޅޮހި އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން ހިމެނެއެވެ.
ހަމައެހެންމެ ނ. މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން، ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން، ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން، ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

