logo
logo
ސޯޝަލް ހައުސިންއާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް އެޗްޑީސީން އިފްތިތާހު ކޮށްފި

ސޯޝަލް ހައުސިންއާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް އެޗްޑީސީން އިފްތިތާހު ކޮށްފި

2024 ނޮވެމްބަރު 13
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ, ސޯޝަލް ހައުސިން އާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް ރޭ އިފުތިތާހުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓްތައް އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރާ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް އިފުތިތާހު ކުރިއިރު ބައެއް މަޝްރޫއުތަކުގެ މޮޑެލްތައް ވެސް ދައްކައިލި އެވެ.

އެ ރަސްމިއްޔާތުގައި އިއުލާންކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  1. ރަސްމާލެ ޕްރޮޖެކްޓު- ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ
  2. ރޯ ހައުސް- މޮޑާން ކަނެކްޓެޑް ހޯމްސް (ހުޅުމާލެ)
    ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުޅިން އާ ރޯ ހައުސްތަކެއް އެޅުން. މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އެޅިގެންދާނެ.
    މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު.
  3. ސޯޝަލް ހައުސިން ޕްރޮޖެކްޓްސް (ހުޅުމާލެ)
    ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް. މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރާނެ
    އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިން އެޕާޓްމަންޓްސް
  4. މޮޑާން ޕްރީފެބް ހޯމްސް- އިނޮވޭޓިވް، ސަސްޓެއިނަބަލް ލިވިން (ހުޅުމާލެ)
    މޮޑާން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް. މިއީ، ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް.
  5. ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިން (ހުޅުމާލެ)
    ޕްރައިވެޓް ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެއް.
    އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރާނެ.
    އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރާނެ.
    ފަސް ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެއް.
  6. އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)
    ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް އަޅާ 10 ފަންގިފިލާގެ އިމާރާތެއް
  7. އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)
    އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އާ ހެޑް އޮފީހެއް އެޅުން
  8. އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ) އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭނެ
  9. ޕާކިން ބިލްޑިން- އިނޮވޭޓިވް ޕާކިން ސޮލިއުޝަން (ހުޅުމާލެ) ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ ތަރައްގީކުރުން
  10. އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ) އައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭސިން ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެއް
  11. ހިސްޓްރީ ސެންޓަރު (ހުޅުމާލެ). ރާއްޖޭގެ ތާރީޚު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގުސަދުގައި ތަރައްގީ ކުރާ ތާރީޚީ މަރުކަޒެއް
  12. ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ) މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރާނެ ސެންޓަރެއްނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު) މިއީ، ތަރައްގީގެ ބިޔަ މަޝްރޫއެއްގެ ގޮތުން، ގަލުފަޅުގެ ފަޅުތެރޭގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެއް. މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރާނެ.
  13. ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު) "ކިނާރިއާ" ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިން އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑެއް.
  14. ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ) ކޯލްޑް ސްޓޯރޭޖާއި، ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެ ތަނެއް.
  15. ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ) މި ދައުރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުން.

އެ ރަސްމިއްޔާތުގައި ވަނީ، އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ)އެއްގައިވެސް ސޮއިކޮށްފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލއ ހައްލު ކުރުމަކީ ރައީސް ޑރ މުޢިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. މިކަން ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް އިސްކަން ދީފައިވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް