
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލިހުން ރުހުންދީފި
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫގު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ގަ އެވެ.
އެ ހުށަހެޅުއްވުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
މަޙްލޫފަކީ، ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަޙްލޫފް ސިޔާސީ ދާއިރާއަށް ނިކުންނެވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޑީއާރުޕީންނެވެ. އޭގެފަހުން އޭނާ ވަނީ، އެމްޑީޕީއާ ގުޅިވަޑައިގަތް ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ފުރުއްވާފައެވެ.
ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަޙްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޙަފްލާގައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ފުރަތަމަ ފަހަރަށް ޒަކާތަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކޮށްފި2025 ޑިސެމްބަރު 03
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް އިސްލާހުކުރަން ފާސްކޮށްފި2025 ޑިސެމްބަރު 03
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ހުށަހަޅައިފި2025 ނޮވެމްބަރު 27