
ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދޭން ހުށަހަޅައިފި
ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތެއް ދޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.
ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާ އުވާލާށެވެ. އެހެންވެ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ ހަރަދެއް އެ އިސްލާހު ފާސްވެއްޖެ ނަމަ އުވޭނެ އެވެ.
މީގެ އިތުރުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިނުގަންނަވާނެގޮތަށް ގާނޫނަށް އިސްލާހުގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ކުރީގެ ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ވާހަކައެއް ކުރިން ނެތް ނަމަވެސް މި ފަހަރު ހުށަހެޅި އިސްލާހުގައި ވަނީ އެ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 25،000ރ. ދިނުމަށް ބަޔާންކޮށްފަ އެވެ. އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފުރަތަމަ ފަހަރަށް ޒަކާތަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކޮށްފި2025 ޑިސެމްބަރު 03
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް އިސްލާހުކުރަން ފާސްކޮށްފި2025 ޑިސެމްބަރު 03
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލިހުން ރުހުންދީފި2025 ޑިސެމްބަރު 03
ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އަލުން ހުޅުވާލަނީ، 1 އަހަރުތެރޭ ޚިދުމަތް ފަށާނެ2025 އޮކްޓޯބަރު 27