
ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އަލުން ހުޅުވާލަނީ، 1 އަހަރުތެރޭ ޚިދުމަތް ފަށާނެ
ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހުށައެޅި ޝަރުތުތަކަށް ކުންފުނިތަކުގެ ޝަކުވާއޮތުމާއެކު، އެ މިންގަނޑުތަކަށް ބައެއް އިސްލާހުތައް ގެނެސް، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެތެރޭގައި އަލުން ހުޅުވާލުމަށް ނިންމާފަވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް، ދަތުރުފަތުރާ ބެހޭ ވަޒީރާ ސުވާލުކުރެއްވީ، މިއަހަރުގެ މަރޗްމަހު ފެށުމަށް ނިންމާފަވާ އެ ޚިދުމަތް ލަސްވަމުންދާ ސަބަބާއި އެ މަސައްކަތް ފަށާނެ މުއްދަތު އަދި އެ މަސައްކަތް ހަވާލުކޮށްފަވާ ކުންފުންޏާ ގުޅޭގޮތުންނެވެ.
ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލަށް ހުޅުވާލީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާ ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެގޮތަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭންޖެހޭގޮތަށްކަމަށެވެ.
ވަޒީރު ވިދާޅުވީ އޭރު ހުޅުވާލި ފުރުޞަތުގައި، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރިކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައަޅާފަވާ މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިކަމަށެވެ.
ވަޒީރު ވިދާޅުވީ މިގޮތަށް ކުންފުނިތަކުގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، އަލުން ޕްރޮޕޯސަލް މިންގަނޑުތައް އެކަށައެޅުމަށް ސަރުކާރުން ނިންމާފަވާކަމަށެވެ. ކުންފުނިތަކުން ޝަޢުގުވެރިކަން ހުށައެޅުމާއި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ އެކަށީގެންވާގޮތުގައި މި ޚިދުމަތް ދިނުމަށް، ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރަފާވާ ޤައުމު އެމެރިކާގެ ސިވިލް އޭވިއޭވިއޭޝަންގެ މިންގަނޑުތަކާއި ރާއްޖޭގައި ދިރާސާއެއްވެސް ކުރިއަށްގެންސްފަވާކަމަށެވެ.
މީގެ އިތުރން ޚިދުމަތްވެސް ބައްޓަންކުރާނީ ސީ.އޭގެ މިންގަނޑުތަކަށް އެންމެ ރައްކާތެރިކޮށްކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފުރަތަމަ ފަހަރަށް ޒަކާތަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކޮށްފި2025 ޑިސެމްބަރު 03
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް އިސްލާހުކުރަން ފާސްކޮށްފި2025 ޑިސެމްބަރު 03
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލިހުން ރުހުންދީފި2025 ޑިސެމްބަރު 03
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ހުށަހަޅައިފި2025 ނޮވެމްބަރު 27