ިހިންގާލަން ނިކުތް ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދީފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މީގެ އިރުކޮޅެއް ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ފައްޔާޒު ކުރިން ވިދާޅުވެފައި ވެ އެވެ.
ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޕާޓީގެ ހުރިހައި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބުކުރީ އެ ޕާޓީގެ ތާރީހުގައި ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި މޭ 14، 2022 ގަ އެވެ.
އިތުރަށް





.gif.gif&w=828&q=100)
