"މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް 2025" ލ. ގަމުގައި ބާއްވަނީ

"މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް 2025" ލ. ގަމުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ކޮންފަރެންސަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.
ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވާ މި މި ކޮންފަރެންސް އޮންނާނީ މި ނޮވެމްބަރު މަހުގެ 24 އިން 26 އަށެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މި ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ.
މި ކޮންފަރެންސްގައި ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެއެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެއެވެ.
މި ކޮންފަރެންސްއަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.

.gif.gif&w=828&q=100)
