އެސްޑީއެފް: 2 އަހަރު ތެރޭގައި، 2 މިލިޔަން ޑޮލަރުން 126 މިލިޔަން ޑޮލަރަށް!

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު މިހާރު 126 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ދައުލަތުން ބޮޑެތި ލޯނު ދައްކަން ޖެހޭއިރު ދަރަނި ދެއްކުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މި ސަރުކާރު ހަވާލުވިއިރު ހުރީ އެންމެ 2 މިލިޔަން ޑޮލަރާއި 2.7 މިލިޔަން ރުފިޔާ ކަމުގައެވެ. ނަމަވެސް މިއަހަރު މިހާތަނަށް އައިއިރު އެ ފަންޑުގައި 126 މިލިޔަން ޑޮލަރު އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ބޮޑެތި ދަރަނިތައް ނަގާފައި ހުރީ ޤައުމަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވޭ. އަޅުގަނޑުމެންގެ އެއްޗެއްސެއް ނޫން އެއީކީ ޑިފޯލްޓްވެއްޖެއިއްޔާ. އެހާ ނުރައްކާތެރި ހާލަތަކަށް ޤައުމު ވައްޓާލާފައި އޮތީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދަރަނި ދެއްކުމަށާއި ބޭރުފައިސާގެ މައްސަލަތައް ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން މިިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް 584 މިލިޔަން ޑޮލަރު ބޭންކުތަކަށް މާކުރެވިފައިވާކަމަށް ރައީސް ހާމަކުރެއްވިއެވެ. މިއާއެކު ދަރަނި ދެއްކުމާއި ސަރުކާރުން ހަމަޖައްސަންޖެހޭ އެހެނިން ބޭރު ފައިސާގެ ކަންކަން ހަމަޖެއްސުމަށް ބޭނުންކުރާ ރަސްމީ ރިޒާވުގައި 864 މިލިޔަން ޑޮލަރު އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.
އިތުރަށް





.gif.gif&w=828&q=100)