
ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހު ފުރުޞަތު ދެނީ
ޒައުޖަތު އަޙުމަދުބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހު ފުރުޞަތު ދޭން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ބުނީ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަޕްޑޭޓްކުރުން ނޮވެމްބަރު 15 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މިކަމަށްޓަކައި އެންސީއައިޓީގައި ޤާއިމު ކުރެވިފައިވާ ސެންޓަރުން އެ ދުވަހުގެ ހެނދުނު 9:00ން ފެށިގެން ރޭގަނޑު 21:00 އަށް އެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ދާޚިލީ ވުޒާރާއިން ދަނީ "އޮޕްރޭޝަން ކުރަނގި" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ހިންގަމުންނެވެ.
ބައޯމެޓްރިކްސް އަދާހަމަނުކޮށް ތިބި 27،000 އަށް ވުރެ ގިނަ ބިދޭސީން ތިބިކަމަށް މިދިޔަ އޮކްޓޫބަރު މަހު އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްތުވާތަކެއްޗާއެކު ބިދޭސީ އަންހެނެއްގެ އިތުރުން 3 ދިވެހިން ހައްޔަރުކޮށްފި2025 ޑިސެމްބަރު 21
ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު އިންޑިއާ ބަޔަކު ޑީޕޯޓްކޮށްލަނީ2025 ޑިސެމްބަރު 18
ރައީސަށް ޝަކުވާ ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ޢަމަލީ މަސައްކަތް ފައްޓަވައިފި2025 ޑިސެމްބަރު 17
ބައެއް ދާއިރާތަކުން ބިދޭސީންނަށް ކޯޓާ ނުދޭން ނިންމައިފި2025 ޑިސެމްބަރު 16