
ބައެއް ދާއިރާތަކުން ބިދޭސީންނަށް ކޯޓާ ނުދޭން ނިންމައިފި
ޒައުޖަތު އަޙުމަދުބައެއް ދާއިރާތަކުން ބިދޭސީންނަށް ކޯޓާ ނުދޭން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ މި ނިންމުމާއެކު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާޢިދަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާޢިދަށް ގެނެސްފައިވާ އިސްލާޙުތަކުގައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފައެވެ.
އެގޮތުން މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 2 އަހަރަށްފަހު ހެއަރ ޑްރެސަރ، ބިއުޓީޝަން، ބޭބީ ސިޓަރ، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން ގެސްޓް، ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް އެކައުންޓެންޓް އަދި އިމާމުންނަށް ކޯޓާ ނުދިނުން ހިމެނެއެވެ.
މިޤަވާޢިދަށް ޢަމަލުކުރަން ފަށާތާ 3 އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިންގ އިންސްޕެކްޓަރ، ސަރވޭޔަރުން، ސައިޓް ސުޕަވައިޒާ އަދި ޕައިލެޓުންގެ ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް ގެނައުން މަނާވާނެއެވެ.
4 އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖިނިއަރ އަދި ޑައިވް އިންސްޓްރަޓަރުންގެ ވަޒީފާއަށް ބިދޭސީންނަށް ކޯޓާ ދިނުން މަނާވެ، 5 އަހަރުގެ ތެރޭގައި ހައުސް ކީޕިންގ މެނޭޖަރ، ހިއުމަން ރިސޯސް މެނޭޖަރ އަދި ފްރަންޓް އޮފީސް މެނޭޖަރ ލެވެލްގެ މަޤާމުތަކަށް ބިދޭސީންނަށް ނާދެވޭނެއެވެ. މީގެއިތުރުން ޕްރައިމަރީ އަދި ސެކަންޑަރީ ޓިޗަރުންގެ ގޮތުގައިވެސް ރާއްޖެއަށް ބިދޭސީންނަށް ކޯޓާ ދިނުންވަނީ މަނާކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މަސްތުވާތަކެއްޗާއެކު ބިދޭސީ އަންހެނެއްގެ އިތުރުން 3 ދިވެހިން ހައްޔަރުކޮށްފި2025 ޑިސެމްބަރު 21
ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު އިންޑިއާ ބަޔަކު ޑީޕޯޓްކޮށްލަނީ2025 ޑިސެމްބަރު 18
ރައީސަށް ޝަކުވާ ހުށަހެޅިތާ 24 ގަޑިއިރު ނުވަނީސް ޢަމަލީ މަސައްކަތް ފައްޓަވައިފި2025 ޑިސެމްބަރު 17
ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަންފަށައިފި2025 ނޮވެމްބަރު 12