logo
logo
ބީއެމްއެލް ކާޑު މެޝިންތަކުން ވިޔަފާރިވެރިންގެ އަތުން ނަގާފީ %1 އަށް ކުޑަކޮށްފި

ބީއެމްއެލް ކާޑު މެޝިންތަކުން ވިޔަފާރިވެރިންގެ އަތުން ނަގާފީ %1 އަށް ކުޑަކޮށްފި

2025 ނޮވެމްބަރު 10
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް، އެމްޑީއާރު %1 އަށް ކުޑަކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރް)، އެ ބޭންކުން 2000 ވަނަ އަހަރު ޑެބިޓް ކާޑު ތައާރަފްކުރީންސުރެ 2.5 ޕަސެންޓުގައި ދެމެހެއްޓުމަށް ފަހު 1 ޕަސެންޓަށް ހެދީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކަމަށެވެ.

މި ފީ ކުޑަކުރުމުން، "ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ" ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.

އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ވެސް މިއަދު ތައާރަފްކޮށްފަ އެވެ.

ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ހަމަޖެހޭނެ އެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައަޅާނީ އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް