logo
logo
ވިލިމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި

ވިލިމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފި

2026 މާރިޗު 26
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ވިލިމާލޭގައި ޢިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނި ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫޢަކީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރުގެ އަރިހުގައި ބީ.އެމް.އެލްގެ ޗެއަރޕަރސަން އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް މުޙައްމަދު ޝަރީފް، ބީ.އެމް.އެލް-އޭ ގެ އެމް.ޑީ އަލްފާޟިލް ޙަސަން ޝާމް، އާރްސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމް، އަދި އާރްސީސީގެ ޑެޕިއުޓީ ޗެއަރމަން އަޙްމަދު ޢާލިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް