logo
logo
ދޯންޏެއްގެ އިތުރުން ތެޔޮބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފި

ދޯންޏެއްގެ އިތުރުން ތެޔޮބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފި

2025 ނޮވެމްބަރު 08
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ދޯންޏެއްގެ އިތުރުން ތެޔޮބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ފުރަތަމަ ބުނީ "ހޯކްސް ދޯދި" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ކ. ކުޑަވިލިގިލި ރިސޯޓްގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެއިތުރުން މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "ފަހިރޯޅި ފަރެސްމާތޮޑާ" ދޯނި، ވ.ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އަރާފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާ އެކު ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

 

 

ފަރަށް އެރުމުގެ މި ދެ ހާދިސާ މިއަދު ހިނގާފައިވާއިރު، އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުތަކަށް މޫސުން ވަރަށް ރީތިކަން ފާހަގަ ކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް