logologologologo
STO
ޚަބަރު

ނަތަންޔާހޫއަކަށް ދެން ނިއުޔޯކު ސިޓީއަކަށް ނޭރޭނެ!

ނަތަންޔާހޫއަކަށް ދެން ނިއުޔޯކު ސިޓީއަކަށް ނޭރޭނެ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ނޮވެމްބަރު 06

އިސްރާއީލުގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަކަށް ދެން އެމެރިކާގެ ނިއުޔޯކް ސިޓީއަކަށް ނޭރޭނެއެވެ.

މި މަހުގެ 4 ވަނަ ދުވަހު ނިއުޔޯކް ސިޓީގެ މޭޔަރަކަށް އިންތިޚާބުކުރި އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ޒަހްރާން މަމްދާނީ ކެމްޕޭނުގައި ވަނީ އޭނާގެ މޭޔަރުކަމުގައި ނަތަންޔާހޫ ނިއުޔޯކް ސިޓީއަށް އައިސްފިނަމަ ހައްޔަރުކުރާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަޞްލުހޭދުއާއި ގުޅިގެން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުން 2024 ވަނަ އަހަރު ވަނީ ނެރެފައެވެ.

އިންޑިއާގެ ގުޖުރާތުގެ މުސްލިމް ޢާއިލާއަކަށް އުފަން ނަމަވެސް މިހާރު އެމެރިކާގެ ރައްޔިތެއް ކަމުގައިވާ މަމްދާނީ އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިލޮން މަސްކް ފަދަ ޔަހޫދީ އެތައް ބިލިއަނަރުންނެއް މަމްދާނީއާ ދެކޮޅަށް ބިލިއަނުން ޚަރަދުކޮށް އެންޓި ކެމް÷ޭން ކުރަމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Zahran Mamdhani.jpg

 

އާބާދީގެ %25 ޔަހޫދީން ދިރިއުޅޭ ނިއުޔޯކުގައި މުސްލިމުންގެ އާބާދީއަކީ އެންމެ %4 އެވެ. މަމްދާނީއަށް ލިބުނު މި ކާމިޔާބީއަކީ ޓްރަމްޕް ފަދަ ޒަޔަނިސްޓް ފިކުރުގެ ޔަހޫދީންނަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށާ މިކަމުން ދޭހަވަނީ ޒަޔަނިޒަމްގެ ފިކުރު ފެއިލްވެފައިވާ ކަން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނިއުޔޯކްގެ މޭޔަރުކަން ކާމިޔާބު ކުރައްވާ އެ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރުކަމުގެ ޝަރަފް ހޯއްދެވި، އުމުރުފުޅުން 34 އަހަރުގެ މަމްދާނީ ވަނީ އޭނާގެ ކެމްޕޭނުގައި ފަލަސްޠީނުގެ ޙައްޤުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވައިފައެވެ. އަދި ގެދޮރުވެރިކަމުގެ ޙައްޤާއި ފުރިހަމަ ޞިއްޙީ ފަރުވާ ލިބެންހުރުން، އަދި އިޤްތިޞާދީ ހަމަހަމަކަން ފަދަ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރައްވާ މަމްދާނީ ވަނީ އެމެރިކާގެ މުސްލިމުންގެ އިތުރުން ޔަހޫދީންގެ ވެސް ލޯބި ހޯއްދަވައިފައެވެ.

ނަތަންޔާހޫއަށް ދެން އދ. ގެ މައި މަރުކަޒަށް ވެސް ނުވަދެވޭނެއެވެ. ސަބަބަކީ އދ. ގެ މައި މަރުކަޒު ހުންނަނީ އެމެރިކާގެ ނިއުޔޯކް ސިޓީގައެވެ. އެހެންކަމުން އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ އދ. މައި މަރުކަޒަށް ވަންނަން، ނަތަންޔާހޫ ނިއުޔޯކަށް ދާނެ ދުވަހަކަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް