logo
logo
އަލަށް އުފެއްދި މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަނުކުރަން ފާސްކޮށްފި

އަލަށް އުފެއްދި މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަނުކުރަން ފާސްކޮށްފި

2025 އޮކްޓޯބަރު 23
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު މުޙައްމަދު ފަރުސަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މީޑިއާ ކޮމިޝަންގައި ހިމެނެނީ މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރެއްވި 3 މެންބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބު ކުރެއްވި 4 މެންބަރުންނެވެ.

މިގޮތުން މަޖިލީހުން މީޑިއާ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަރުޝަތަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެމްބަރެކެވެ.

މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ އެކޮމިޝަނުގެ 7 މެންބަރުންނާވެސް އިންޓަވިއު ކުރުމަށްފަހުއެވެ.

ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރިޔަސް، ކޮމިޝަނުގެ ރައީސަކަށް އޭނާ އައްޔަންކުރާނީ މަޖިލީހުގެ ތަޅުމުގައި އޭނާގެ ނަމަަށް ވޯޓަށް އަހައި، ފާސްވުމުންނެވެ.

މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރިނަމަވެސް، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް