logo
logo
މިސްކިތްތަކުގެ ސައުންޑާއި ގުޅޭ ކަންކަމުގެ "ތަޅުދަނޑި" އޮންނަނީ މާލެ ސިޓީ ކައުންސިލަށް, ބަންގީގެ އަޑު މަޑުކުރަނީ ކައުންސިލުން: މިނިސްޓަރ ޝަހީމް

މިސްކިތްތަކުގެ ސައުންޑާއި ގުޅޭ ކަންކަމުގެ "ތަޅުދަނޑި" އޮންނަނީ މާލެ ސިޓީ ކައުންސިލަށް, ބަންގީގެ އަޑު މަޑުކުރަނީ ކައުންސިލުން: މިނިސްޓަރ ޝަހީމް

2025 އޮކްޓޯބަރު 22
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ސައުންޑާއި ގުޅޭ ކަންކަމުގެ "ތަޅުދަނޑި" އޮންނަނީ މާލެ ސިޓީ ކައުންސިލަށް ކަމަށާ މިސްކިތްތަކުން ބަންގީގެ އަޑު މަޑުވަނީ ކައުންސިލުން ސިސްޓަމްތަކާއި ކުޅޭތީ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ވަނީ ހުޅުމާލޭން ބަންގީގެ އަޑު ވަރަށް މަޑުކަން ފާހަގަކުރައްވާފަ އެވެ. އެއީ ކިހިނެތް ވެގެން ވާ ގޮތެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ އެންގުމަކީ ވީހާވެސް ދުރަށް ބަންގީގެ އަޑު އިވޭނެ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

"ސިޓީ ކައުންސިލަށް ތަކުރާރުކޮށް އަޅުގަނޑުމެން އެދެމުން މިދަނީ ސައުންޑް ސިސްޓަމްތަކާއި ނުކުޅޭށޭ ތި ބޭފުޅުން," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވީހާވެސް ދުރަށް ބަންގީގެ އަޑު ފޮނުވުމަށާއި 25 ވަނަ ބުރިއާ ހަމައަށް ބަންގީގެ އަޑު އިވޭނެ ގޮތް ހަދަން އަންގާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތްތަކުގެ ސައުންޑް ސިސްޓަމްގެ ތަޅުދަނޑި އޮންނަނީ ސިޓީ ކައުންސިލްގަ އެވެ. އަދި ކައުންސިލުން ސިސްޓަމްތަކާއި ކުޅޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އެގޮތަށް އަމަލު ނުކުރަން އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް