
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާ އެކު 15 މަޝްރޫއެއް ރޯދައިގެ ކުރިން ނިމޭނެ
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން، އިސްލާމީ ދާއިރާގެ 15 ބޮޑު މަޝްރޫއެއް އަންނަ ރޯދަ މަހުގެ ކުރިން ނިމިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޕްރައިވެޓް ސެކްޓާގެ ކުންފނިތަކަށް، މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި. އެއީ މަޝްރޫއުތައް ނިންމުމަަށް. މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަ މަހުގެ ކުރިން، ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގެ ނިމިގެންދާނެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ،" ވަޒީރު ވިދާޅުވިއެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މިއީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރަން ރައީސް ޑރ. މުއިއްޒު އިއުލާނުކުރައްވާފައިވާ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރާ މަސައްކަތްތަކެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ގުރުއާނުގެ އިލްމު ކިޔަވައިދޭން ގާބިލު މުދައްރިސުން ނެތް ރަށްރަށަށް، ބޭރުން މުދައްރިސުން ވެސް ގެންނާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކޮށް، ދީނީ އިލްމާއި ހޭލުންތެރިކަން އިތުރުކުރުމެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ފުރަތަމަ ފަހަރަށް ޒަކާތަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކޮށްފި2025 ޑިސެމްބަރު 03
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް އިސްލާހުކުރަން ފާސްކޮށްފި2025 ޑިސެމްބަރު 03
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން މަޖިލިހުން ރުހުންދީފި2025 ޑިސެމްބަރު 03
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލަން ހުށަހަޅައިފި2025 ނޮވެމްބަރު 27