
އިސްލާމިކް މިނިސްޓްރީގެ މަގާމްތަކުގައި ތިބޭ މީހުންނަށް އުމްރާ ކުންފުނި ނުހިންގޭ ގޮތަށް ހަދަނީ
އިސްލާމިކް މިނިސްޓްރީގެ އެކި މަގާމްތަކުގައި ތިބޭ މުވައްޒަފުންނަށް ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާ ކުންފުނިތައް ނުހިންގޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރަނީ އެ މިނިސްޓްރީން ކަމަށް ވާތީ، އަމަލީ ގޮތުން މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އުމްރާ ކުންފުންޏެއްގައި ނޫޅެވޭނެ ގޮތް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ އެކި މައްސަލަތައް ފެންމަތިވާ އުމްރާ ކުންފުނިތަކާ މެދު ފިޔަވަޅު ވެސް އަޅަމުންނެވެ. އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް ފައިސާ ދެއްކި ފަހުން އުމްރާއަށް ނުގެންދިޔަ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ބަލައި މިނިސްޓްރީން ވަނީ ފިޔަވަޅުވެސް އަޅަފައެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލު ނުކުރި 19 ކުންފުންޏެއް މިިދިޔަ ޖެނުއަރީގައި 5000ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
މާލެ ސަރަހައްދަށް އިތުރު ދެ ވަޤްފު މަޝްރޫޢު: ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް2025 ނޮވެމްބަރު 27
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި2025 ނޮވެމްބަރު 20
ޒަމާނީ ވަޞީލަތްތަކާއެކު މާލޭގައި ޢިމާރާތް ކުރާ ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި2025 ނޮވެމްބަރު 20
ޙައްޖުގެ ޚިދުމަތާބެހޭ އެއްބަސްވުމުގައި ސަޢޫދީއާއިއެކު ސޮއިކޮށްފި2025 ނޮވެމްބަރު 09