
65 އަހަރުވެގެން ރިޓަޔަރ ކުރާ މީހުންނަށް 50،000 ރުފިޔާ ދޭން ޖެހޭ: ޝާޑު
2025 އޮކްޓޯބަރު 07
65 އަހަރުން ރިޓަޔަރކުރާ މީހުންނަށް މިހާރު ދެމުންދާ 5،000 ރުފިޔާގެ ބަދަލުގައި 50،000 ރުފިޔާ ދޭންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރީއެމްޕްލޯއިމެންޓް ބިލަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު 55 އަހަރުން ރިޓަޔަރކުރާއިރު، އެ އުމުރުގައި ލޯނު ނުލިބުމާއި، ފްލެޓަށް ކުރިމަތި ނުލެވުމާއި، ވަޒީފާ ނުލިބުން ފަދަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.
"ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިވާ ގޮތަކީ 65 އަހަރުން ނުވަތަ 50 އަހަރުން ރިޓަޔަރކޮށްލީމަ އެ މީހުންނަށް އުޅެވޭނެ ތަނެއް ލިބޭ، ބޭސްފަރުވާ ކުރެވޭ، އެހެނިހެން އިނާޔަތްތައް ލިބޭ. އެކަމަކު އަޅުގަނޑުމެންގެ ރައްޔިތުންނަކަށް މި ފުރުޞަތުތަކެއް ނެތް ފަހިކޮށްދީފައެއް،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ގިނަ ރިޓަޔަރކުރާ ފަރާތްތަކަށް 5،000 ރުފިޔާގެ ޕެންޝަން ލިބޭތީ، އިތުރު އާމްދަނީއަށް ރޭގަނޑު ޑިއުޓީއާއި އެހެނިހެން މަސައްކަތްތައް ކުރަން ވަނީ ޖެހިފައެވެ. މިއީ ވަރަށް އުނދަގޫ ދަތި ހާލަތެއް ކަމަށް ވެސް މެންބަރު ޝާހިދު ފާހަގަކުރެއްވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

.webp&w=3840&q=75)