logologologologo
STO
ޚަބަރު

ޙަރަކާތްތެރި ނުވާތީ އުވާލަން ނިންމި ކުންފުނިތަކަށް އިތުރު ފުރުސަތު ދީފި

ޙަރަކާތްތެރި ނުވާތީ އުވާލަން ނިންމި ކުންފުނިތަކަށް އިތުރު ފުރުސަތު ދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ސެޕްޓެމްބަރު 30

ޙަރަކާތްތެރި ނުވާތީ އުވާލަން ނިންމި ކުންފުނިތައް ހިންގަން އިތުރު ފުރުސަތު ހުޅުވާލައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ވަނީ އުވާލުމަށް ރަޖިސްޓްރާ ކަނޑައަޅުއްވާއިފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކުން އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ނަމަ 30 ޑިސެމްބަރު 2025 ގެ 14:00 ގެ ކުރިން، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު އެ ވުޒާރާގެ ބިޒްނަސް ޕޯޓަލް https://business.egov.mv މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދިފައެވެ.

އެ ވުޒާރާއިން ބުނީ މިގޮތުން ހުށަހަޅާ ކުންފުނިތައް އަލުން ޙަރަކާކްތެރިވުމަށް ފުރުސަތުދެވޭނީ، ކުންފުނިތަކުން، ޤަވާޢިދު ނަންބަރު 2025/R-83 "ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓަރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމުމަށްފަހު، އެ ވުޒާރާއިން ކަނޑައަޅާފައިވާ ލިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅުމުން ކަމަށެވެ.

އެ ވުޒާރާއިން ކަނޑައަޅާފައިވާ ލިޔުންތަކުގެ ތެރޭގައި:

  1. ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު
  2. 2023 ޑިސެންބަރު 31 އާ ހަމަޔަށް ކުންފުނިން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާ ނުދައްކާއޮތް ކުންފުންޏެއްނަމަ، އެ ފައިސާ ޚަލާސްކުރުމަށްފަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ރަސީދު
  3. އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓު
  4. އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާ ދައްކަން ޖެހޭ ކުންފުންޏެއްނަމަ، ޖޫރިމަނާ ފައިސާ ޚަލާސްކުރިކަން އެނގޭނެ ރަސީދު

އަދި، އުވާލަން ނިންމި ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި

  1. ދަރަނި ނުވަތަ ދަޢުވާގެ ތަފުސީލު ހިމެނޭ ލިޔުން.
  2. ދަރަނި ނުވަތަ ދަޢުވާއާ ގުޅޭގޮތުން ކޯޓުން ނިންމުމެއް ނިންމައިފައިވާ ނަމަ، އެ ނިންމުން.
  3. ދަރަނި ނުވަތަ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ އެހެނިހެން ލިޔުން، ހިމެނެއެވެ.

 

View post on Twitter

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މިނިސްޓްރީގެ ހޮޓްލައިން 1500 އަށް ގުޅުއްވުމަށް ނުވަތަ business@1500help.mv އަށް އީމެއިލް ކުރެއްވުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް