ރައީސް ޑރ. މުޢިއްޒުއަށް ތ. ގުރައިދޫ ޚާއްޞަ، ގުރައިދޫގައި ފެށި މަޝްރޫޢުތައް ވެސް ޚާއްޞަ!
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މިދިޔަ ހުކުރު ދުވަހު 4 އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން އެމަނިކުފާނަށް އެންމެ ޚާއްޞަވި އެއްރަށަކީ ކޮޅުމަޑުލު ގުރައިދޫއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ ވެސް ގުރައިދޫގައެވެ. އެއީ ވެސް ފާހަގަ ކޮށްލެވޭ ޚާއްޞަ ކަމެކެވެ.
ގުރައިދޫއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒުއަށް އެންމެ ތާޢީދު ބޮޑު ނުވަތަ އެންމެ ގިނަ ވޯޓު ލިބުނު ރަށެވެ. އިންތިޚާބުގެ ދެ ވަނަ ބުރުގައި ގުރައިދޫން %74 ވޯޓު ލިބިވަޑައިގަތެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކީވެސް ތ. ގުރައިދުއެވެ. އެއީ އެމަނިކުފާނުގެ ވަޢުދުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ގުރައިދޫ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީފައިވެއެވެ. އެގޮތުން ރާއްޖޭގެ 6 ސަރަޙައްދެއްގައި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑީކޮމްޕްރެޝަން ޗެމްބަރު ޤާއިމުކުރަން ނިންމަވާފައިވާއިރު، އޭގެތެރެއިން ގުރައިދޫގައި ގާއިމްކޮށްފައިވާ ސެނެހިޔާގެ ފުރަތަމަ ހައިޕަރބެރިކް ސެންޓަރު މިއަދު ވަނީ ހުޅުވައިފައެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ.
މި މަޝްރޫޢުއަކީ ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުނެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މީގެއިތުރުން މިދަތުރުފުޅުގެ ތެރެއިން ގުރައިދޫގައި ޤާއިމްކުރާ އެއަރޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، 22 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ 2027ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، މި އެއަރޕޯޓް ހުޅުވާނެ ކަމަށް ރައީސް ވަނީ ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ.
މީގެއިތުރުން ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ.
ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރާނެއެވެ.
މިއަދު ވަނީ ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ބިންގާ އަޅައިފައެވެ. މަރުކަޒު މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވެމްކޯއާއެވެ. ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހާ ރަށެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވައިފައެވެ. އެގޮތުން ވިލުފުށީ އެއާޕޯޓުގެ މަސައްކަތާއި ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ގުޅާލާ ކޯޒްވޭއާއި ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއި ތ. އަތޮޅުގެ ރަށްތައް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލުން ފަދަ ގިނަ މަޝްރޫޢުތައް ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27