
ޑޮލަރު ރިޒާވު ހުސްވި ކަމަށް ބުނެ "އަދަދު" ނޫހުން ޝާއިއުކުރި ހަބަރަކީ ދޮގު ހަބަރެއް
ޑޮލަރު ރިޒާވު ހުސްވި ކަމަށް ބުނެ "އަދަދު" ނޫޙުން ޝާއިއުކުރި ހަބަރަކީ ދޮގު ހަބަރެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނެފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ" ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ހަބަރެއް ކަމަށާއި ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށާ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވު ރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ބަޔާނުގައި އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ މިފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ.
އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު މަޤާމާއި ޙަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ޙާލަތު ރަނގަޅު ކުރުމުގެ މަޤުސަދުގައި މިނިސްޓްރީތަކާއި، ޚާއްސަ ގޮތެއްގައި ފިނޭންސް މިނިސްޓްރީއާ އެކު ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.
އިސްލާމިކް ފައިނޭންސިން ގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް ޑރ. މުޙަންމަދު އަލް ޖަސީރު އާ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ މިއަުގެ ވަގުތެއްގައި ބައްދަލުވެސް ކުރައްވާފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކުމުންދޫއިން ރައީސް އަށް: ތިޔައީ ރިވެތި އަހުލަގީ ނަމޫނާ، ވެރިއެކޭ އިއްވާ ނިދާ2025 އޯގަސްޓު 27
މި މަހުގެ މިހާތަނަަށް މަސްވެރިންނަށް 21.4 މިލިއަން ރުފިޔާ ދޫކޮށްފި2025 ޖުލައި 13
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް!2025 ޖުލައި 05
ދެމެހެއްޓެނިވި ތަރައްޤީއަށް ޕަބްލިކް ސާވަންޓުންގެ ދައުރު މުހިންމު: ރައީސް2025 ޖޫން 23