
ހަތަރު ކްލަބަކަށް 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ އަށް
2025 އޯގަސްޓު 25
ސައުދީގެ އައް ނަސްރުއަށް 100 ގޯލް ޖަހައިދީ، ހަތަރު ކްލަބަކަށް 100 ލަނޑު ޖަހައި ދިން ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑް ހަދައިފި އެވެ.
ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖެހީ އޭނާ ނުވަ އަހަރު ވަންދެން ކުޅުނު ރެއާލް މެޑްރިޑަށެވެ. އެ ކްލަބަށް 450 ލަނޑު ޖެހި އެވެ. އެ ކްލަބްގެ ތާރީހްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ދެ ފަހަރެއްގެ މަތިން ކުޅުނު ރޮނާލްޑޯ އެ ކްލަބަށް ޖަހައި ދިނީ 145 ލަނޑެވެ. ޔުވެންޓަސް އަށް 101 ލަނޑު ޖެހި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދި ރޮނާލްޑޯ މިހާރު އުޅެނީ 1000 ލަނޑު ހަމަ ކުރުމާ ކައިރީގަ އެވެ. އުމުރުން 40 އަހަރުވީނަމަވެސް ރޮނާލްޑޯ އަންނަނީ އަދިވެސް ދަނޑުމަތީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

