logo
logo
މެޒޯއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި

މެޒޯއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި

2025 އޯގަސްޓު 24
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު މާޖިދުގެ ހަނދާނަށް ޕާފޯމިން އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފި އެވެ.

މެޒޯ މުހައްމަދުގެ ހަނދާނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. އެ އިނާމާ ހަވާލުވީ މުހައްމަދުގެ ދޮށީ ދަރިފުޅު، މީރާ މުހައްމަދު މާޖިދު އެވެ.

ދިވެހި މިއުޒިކް އިންޑްސްޓްރީއަށް އަގު ނުކުރެވޭވަރުގެ ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މުހައްމަދު ނިިޔާވީ މި އަހަރުގެ ފެބްރުއަރީ 12، ގަ އެވެ.

މެޒޯގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "މޮޅު އޮޑި" އާއި "ޖިސްމު ނެތިގެން ގޮސް ހަފުސް" އަދި އުޑުންތަރިތައް" ފަދަ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް ލަވައެއް ހިމެނެ އެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް