
ޤައުމީ ދުވަސް އުތީމުގައި ފާހަގަ ކުރެއްވުމަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި
ޒައުޖަތު އަޙުމަދުމިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބާގައި ހއ. އުތީމުގައި ބާއްވާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު 10:00 ޖަހާއިރު އުތީމުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް ޝަރަފްވެރިކަމުގެ އިނާޟު ދިނުންވެސް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ޤައުމީ ދުވަހުގެ ގިނަ ޙަރަކާތްތަކެއް އުތީމުގައި ބާއްވަން ހަމަޖެހިފައިވެއެވެ.
އުތީމުގައި ބިނާކުރެވޭ "ބޮޑުތަކުރުފާނުގެ ދޮރާށި" ބިންގާ މިއަދު ވަނީ އަޅުއްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ޝަރަފްވެރިކޮށް ދެއްވި މި ރަސްމިއްޔާތުގައި މި ދޮރާށީގެ ބިންގާ އަޅުއްވައިދެއްވީ ދިވެހިބަހާއި ތަރިކައާއި ސަޤާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބުރާހީމްއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އުތީމު އިސްރަށްވެހިންގެ މައިޒާން ހުޅުވާދެއްވައިފައެވެ. އަދި ބޮޑުތަކުރުފާނުގެ ހަނދާނުގައި އެ މައިޒާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހައިވަކަރު ދެ ގަސް އިންދަވައިފައެވެ.
މިއަދު ޖަލްސާގައި ޤައުމީ ދުވަހުގެ މުނާޞަބާގައި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފް އުތީމު ރައްޔިތުންނަށް އެރުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އުތީމުގައި ބާއްވާ ޚާއްޞަ ޖާފަތެއް ވެސް މިއަދު އުތީމުގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުިއެވެ.
މި ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ވަނީ އުތީމަށް ވަޑައިގެންފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23