
ތިމާއަށް އަބުރާ ޢިއްޒަތް ލިބިފައި އޮތް ވަރަށް އަނެކާއަށް ވެސް ލިބިގެންވާކަން ޤަބޫލުކުރަންޖެހޭ: ރައީސް
ޒައުޖަތު އަޙުމަދުތިމާއަށް އަބުރާ ޢިއްޒަތާ ޝަރަފު ލިބިފައި އޮތް ވަރަށް އަނެކާއަށް ވެސް އަބުރާ ޢިއްޒަތާ ޝަރަފު ލިބިގެންވާކަން ޤަބޫލުކުރަންޖެހޭ ކަމަށާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަން ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާޏު މިފަދައިން ވިދާޅުވެ ވާހަކަފުޅު ދެއްކެވީ އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެތެރޭގައި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ އެތައް ސިފަތަކެއް ހުރި ކަމަށާ އޭގެތެރޭގައި މައިންބަފައިންނަށް އިޙުތިރާމް އަދާކުރުން، އަވަށްޓެރިންނަށް އޯގާތެރިކަން އަދާކުރުން، އިސްރަށްވެހިންނަށް ހެޔޮކޮށްހިތުން، ކުޑަކުދިންނަށް އަޅާލުންފަދަ ވަރަށް ރީތި ސިފަތަކެއް ދިވެހި ޤައުމުގައި ކުރިން އޮތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމީ ދުވަހު، ދިވެހީންގެތެރޭގައި ކުރިން އޮތް ރީތި އާދަތަކާއި ސިފަތައް އިއާދަކުރަން ޢަޒުމް އައު ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ޙައްޤެއްނޫން ކަން އަނެކާގެ ޢިއްޒަތާ އަބުރަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ. އެހެންވީމަ އަތާ ދޫ ރައްކާތެރި ކުރުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސ ވާޖިބެއް. މުސްލިމަކަށް ވީތީ އަމުދުން މުހިއްމު ވާޖިބެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ވާޖިބު އަދާ ކުރުމުގެ ޢަޒުމް އައު ކުރުމަކީ ޤައުމީ ދުވަހެއް ފާހަގަ ކުރާއިރު އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދޭންޖެހޭކަން ކަމަށް ދެކިލައްވާ ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޑރ. ޒާހިރު ޙުސައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފި2026 ފެބްރުއަރީ 01
790 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އަޅައިފި2026 ޖެނުއަރީ 29
ޕީއެންސީގެ ޒުވާނުންގެ ގޮފި އުފައްދާ އިއުލާންލާނު ކުރިތާ 1 ދުވަސް ތެރޭ މަސައްކަތް ފަށާފި، ފުރަތަމަ ބައްދަލުވުން ރޭ ބާއްވައިފި 2026 ޖެނުއަރީ 29
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް، 12 ހާހަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި!2026 ޖެނުއަރީ 27