
ފެކްޓްޗެކް: ޔާމީން ސަރުކާރާ ސޯލިހު ސަރުކާރަށް 8 އަހަރުން ނިންމާލެވުނީ އައުޓާމިނަލްގެ އެންމެ 54% މަސައްކަތް، 46% މަސައްކަތް ނިންމުމަށް ރައީސް މުއިއްޒުގެ ސަރުކާރަށް ނެގީ އެންމެ އަހަރަކާ ބައި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގެ މަސައްކަތް އެމަނިކުފާނު ވެރިކަމުން ފޭބިއިރުވެސް ހުރީ ބޮޑުބައި ނުނިމިއެވެ. ދެން ވެރިކަމާ ހަވާލުވި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވެސް ޓާމިނަލް ނިންމުމަށް މާބޮޑު މަސައްކަތެއް ކުރެވުނު ތަނެއް ނުފެނުނެވެ. 2 ސަރުކާރުން ކުރި މަސައްކަތް އެއްކޮށްލައިގެން ވެސް ނިންމާލެވުނީ އެންމެ 54 އިންސައްތަ މަސައްކަތެވެ.
މި މަހުގެ 26 ވަނަ ދުވަހު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު އެއާޕޯޓްގެ އައު ރަންވޭ ހުޅުވޭނެއެވެ. އިދިކޮޅު ޕީއެންއެފް އަދި އެމްޑީޕީން އިތުރު އެހެން ކަމެއް ނުކޮށް މަސައްކަތް ކުރަމުން ދަނީ އެއާޕޯޓްގެ އައު ޓާމިނަލް އަކީ އެބައިމީހުން ގެނައި ތަރއްގީގެ ގޮތުގައި ސިފަކޮށް ކްރެޑިޓް ނެގުމަށެވެ.
ބަދަލުނުވާނެ އޮތީ އެންމެ ހަގީގަތެކެވެ. މި މަޝްރޫއަކީ 3 ސަރުކާރުން ހިއްސާވެ މަސައްކަތްކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. އަދި 8 އަހަރު ފާއިތުވީއިރުވެސް ކުރީގެ 2 ސަރުކާރަށް މި މަޝްރޫއު ނުނިންމުނުކަމެވެ. އެ މަސައްކަތް ނިންމުމާ ދެން ހަވާލުވީ އަދުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒުއެވެ. އެންމެ އަހަރަކާ ބައި ތެރޭގައި މުޅި ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރަމުން ދަނީ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމެވެ. އެހެންކަމުން މިއީ ރައީސް މުއިއްޒު އާއި ގުޅުމެއް ނެތް ތަރއްގީއެއްގެ މަޝްރޫއެއްގެ ގޮތުގައި ސިފަކުރަން ކިތަންމެ މަސައްކަތް ކުރިނަމަވެސް އެކަން އެގޮތަކަށް ނުވާނެއެވެ. ކުރީގެ 2 ސަރުކާރަށްވުރެ ބާރު ދުވެލީގެ އެއާޕޯޓްގެ އައު ޓާމިނަލްގެ މަސައްކަތް ނިންމާލެއްވީ ރައީސް މުޢިއްޒުއެވެ.
72.000 އަކަ މީޓަރު ބޮޑު އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.
އައު ޓާމިނަލުގައި ބޭނުންކުރާނެ ދާގީނާ ސްކްރީން ކުރުމުގެ ނިޒާމަކީ ގަޑިއިރެއްގެ ތެރޭގައި 1200 ދާގީނާ ނުވަތަ މިނެޓެއްގެ ތެރޭގައި 20 ދާގީނާ ސްކްރީން ކުރެވޭނެ ގާބިލުކަން ހުރި ނިޒާމެކެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރާނެ ނިޒާމެއް ކަމަށްވާއިރު، މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ މި ނިޒާމުގައި ހިމެނޭނެއެވެ.
ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި، މި ނިޒާމުގައި ދާގީނާ ތިން ލެވެލްއަކަށް ސްކްރީން ކުރެވޭނެއެވެ. މިހާރު ދާގީނާ ސްކޭން ކުރުމުގައި ހަމަ އެންމެ ސެކިއުރިޓީ މަރުހަލާއެއް އޮންނައިރު، އައު ނިޒާމަކީ މިކަމަށް ގެނެވޭ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކްކޮށެވެ. މީގެ ސަބަބުން އިންސާނީ ބާރުގެ ބޭނުން ކުޑަވެ، ހިދުމަތްދިނުމުގެ ހަލުވިކަން އިތުރުވެގެން ދާނެއެވެ.
މިހާރުގެ ޓާމިނަލުގައި ދާގީނާ ސްކޭން ކުރުމުގައި ފަސިންޖަރުންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމާއި، ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހެއެވެ. އަދި، އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުގެ ސަބަބުން ފަސިންޖަރުންގެ ޕްރައިވެސީ ގެއްލޭކަމުގެ ޝަކުވާތައް ވެސް ވަނީ އުފެދިފައެވެ.
އާ ޓާމިނަލް އައުމާއެކު މި ހުރިހާ މައްސަލަތަކަށް ހައްލު ލިބޭނެއެވެ. މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެއެވެ. އެގޮތުން، ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެއެވެ.
އައު ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮސްކް ހުންނާނެއެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވެ، މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެއެވެ. މިކަމުގެ ސަބަބުން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަވެ، އެމީހުންގެ ވަގުތު ސަލާމަތްވެގެން ދާނެއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ވަރަށް ބޮޑަށް ދަނީ ތައްޔާރު ވަމުންނެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ ރަސްމިއްޔާތަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އާ ޓާމިނަލް ހުޅުވުން އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. އާ ޓާމިނަލް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަޚްލޫފު ޢައްޔަންކުރައްވައިފި2025 ޑިސެމްބަރު 04
ތިމާވެށްޓަށް ގެއްލުންދޭ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރުން 2028އަށް ފަސްކޮށްފި2025 ޑިސެމްބަރު 03