logo
logo
"އެމެރިކާ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އީލޮން މަސްކް އުފައްދައިފި

"އެމެރިކާ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އީލޮން މަސްކް އުފައްދައިފި

2025 ޖުލައި 06
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

"އެމެރިކާ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އީލޮން މަސްކް އުފައްދައިފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ވިދާޅުވީ މިއީ އެމެރިކާގެ ސިޔާސީ މައިދާން "އެއް ޕާޓީއަކަށް" ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ފެށި މަސައްކަތެއް ކަމަށެވެ.

ޓްރަމްޕު ވެރިކަމަށް ގެނައުމުގެ ކެމްޕެއިނަށް އެންމެ ބޮޑު ހޭދައެއްކޮށް އަދި ޓްރަމްޕު ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) ހިންގެވުމާ ހަވާލުވެ ހުންނެވުމަށް ފަހު މަސްކް ވަކިވީ ޓްރަމްޕާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުމަށް ފަހުގަ އެވެ.

މަސްކް ވަނީ ހުކުރު ދުވަހު ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހު، އެއް ޕާޓީ ނުވަތަ ދެ ޕާޓީއެއްގެ ކިބައިން ގައުމަށް މިނިވަންކަން ހޯދައިދޭން ބޭނުންތޯ އަހައި އެކްސްގައި ޕޯލެއް ވެސް ނަގައިފަ އެވެ. އެޔަށް 1.2 މިލިއަން މީހުން ވޯޓު ދީފައި ވާއިރު ގިނަ މީހުން ވޯޓު ދިނީ މަސްކް ވަކާލާތުކުރެއްވި ގޮތަށެވެ.

މަސްކު ވިދާޅުވީ "އެމެރިކާ ޕާޓީ" އަކީ ސިޔާސީ އެޖެންޑާ ބަދަލުކުރުމަށް މަސައްކަތްކުރާނެ ޕާޓީ ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް