logologologologo
STO
ޚަބަރު

ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕް މާދަމާ ރާއްޖެ އަންނާނެ!

ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕް މާދަމާ ރާއްޖެ އަންނާނެ!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޖޫން 16

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ފަހު ގުރޫޕް މާދަމާ ރާއްޖެ އަންނަން ހަމަޖެހިފައިވާއިރު، ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު މިއަދު މެންދުރު ރާއްޖެ އަތުވެއްޖެއެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާއިރު، ޙައްޖުވެރިން އެނބުރި އަންނަން ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި މަހުގެ 13 ގައި އައި އިރު، ދެވަނަ ގުރޫޕުގެ ޙައްޖުވެރިން އައިސްފައިވަނީ މި މަހުގެ 15 ގައެވެ.

މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުނު އަހަރެކެވެ. އެގޮތުން ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ. އަދި މަދީނާ ދަތުރުކޮށްފައި ވަނީ ހައި ސްޕީޑް ރޭލުގައެވެ.

މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނު އިރު ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވިފައިވާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ދެކަނބަލުން ޙައްޖަށް ވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކަމުގައި ރައީސް އޮފީހުން ވަނީ ހާމަކުރައްވައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް