logologologologo
STO
ޚަބަރު

ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި މަދީނާ ދަތުރުފަށައިފި!

ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި މަދީނާ ދަތުރުފަށައިފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ޖޫން 11

ދިވެހި ޙައްޖުވެރިން ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި މަދީނާއަށް ދަތުރުފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ޙައްޖާއި ގުޅޭ އެންމެހާ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފައެވެ.

ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ދަތުރު މިފަހަރު ހައި ސްޕީޑު ރޭލުގައި ކުރާއިރު، މީ ހައި ސްޕީޑް ރޭލުގައި ޙައްޖުވެރިން މަދީނާއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނި ގޮތުގައި މީގެ ކުރިން ބަހުގައި ކުރަމުން އައި 6 ގަޑިއިރާއި 8 ގަޑިއިރުގެ ދަތުރުގެ ބަދަލުގައި 2 ގަޑިއިރުން މަދީނާއަށް ދެވޭ ރޭލުގައި މި ދަތުރުކުރާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބަދަލު ކުރެވިގެންދިޔަ ކަމެކެވެ.

ދިވެހި ޙައްޖުވެރިން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައުމަށް ފުރާނީ މަދީނާއިންނެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ޙައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުޙަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ޙައްޖުން އައިސް އެއްވުންތަކަށް ނުގޮސް ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް