ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި!

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.
ސަޢޫދީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިދަތުފުޅުގައި ރައީސް ވަނީ ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވައި ޙައްޖާޖީންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި ޙައްޖާޖީންނަށް ހުރި ދަތިތައް އޮޅުންފިލުވައި ކަނބޮޑުވުންތަކުގެ އަޑުވަނީ އައްސަވާފައެވެ.
މީގެއިތުރުން، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސަޢުދި ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ބައިވެރިވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ.
މި ބައްދަލުވުމަށް ފަހު ރައީސް ވަނީ ސަޢުދި ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސަޢުދި ޢަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވަނީ ކުރައްވާފައެވެ. މިނާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި ސަޢުދީ ސަރުކާރާއި ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ. މިދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢުދީ ސަރުކާރުންކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)