logo
logo
ފަޤީރުންގެ ފުލެޓްތަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދިނުމަށް ނިންމައިފި!

ފަޤީރުންގެ ފުލެޓްތަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދިނުމަށް ނިންމައިފި!

2025 އޮކްޓޯބަރު 30
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފުލެޓް ލިބުނު ފަރާތްތަކަށް ޑައުންޕޭމަންޓް ޒަކާތު ފަނޑުން ދިނުމަށް ޒަކާތު ހައުސްއިން ނިންމައިފިއެވެ.

ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ބައެއް ފަރާތްތަކަށް، ސަރުކާރުން ދޭ ފުލެޓް ލިބި ޑައުންޕޭމަންޓް ނުދެއްކިގެން އުޅޭކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެފަދަ ފަރާތްތަކަށް ޕޭމަންޓް ދައްކައިދިނުމަށް ޒަކާތު ކައުންސިލްގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.

ޑައުންޕޭމަންޓް ނުދެއްކި ތިބި 14 ފަރާތަކަށް ދައްކަންޖެހޭ 340،000 ރުފިޔާ (ތިން ލައްކަ ސާޅީސް ހާސް ) ޒަކާޓު ފަންޑުން ދައްކައިދޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޒަކާތު ހައުސްއިން ބުނީ އެ ފައިސާ ދައްކާނީ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާއަށް ކަމަށެވެ.

އެ އިދާރާއިން ބުނީ އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލަށް ރިޔާޢަތްކޮށް ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މި އިދާޜާ އުފެއްދެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަޤީރުންގެ ކަންކަމަށް، ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްޢޫލިއްޔަތު ޒަކާތު ހައުސްއާއި ހަވާލު ކުރައްވައިފައެވެ.

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް