
ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ މިދިޔަ ދެ އަހަރު
މިދިޔަ ދެ އަހަރި ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު ދެ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނު އިއްޔެ ތަސްދީގު ކުރައްވައި އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާއިރު އެކަމާ ބެހޭ ގޮތުން "ޕީއެސްއެމް"އަށް ޝަހީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޒަކާތަށް ގާނޫނެއް ހަދައި، ލީގަލައިޒް ކުރެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ދެ އަހަރު ކަމަށެވެ.
"އެއީ އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނީ މިދިޔަ ދެ އަހަރު. މިދިޔަ އަހަރު އެއް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައި އެބަހުރި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ ރައްޔިތުންގެ އިތުބާރު މި ނިޒާމަށް އޮތްކަން އަދި ޒަކާތު ހައުސް އުފެދުމަށް ފަހު މީހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާތީ،" ޝަހީމް ވިދާޅުވި އެވެ.
ޒަކާތާ ބެހޭ ގާނޫނުގައިވާ ގޮތުން ދިވެއްސެއްގެ މުދާ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް އަދި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ވަޒަންވެރި ވެގެން އުޅުނަސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި2026 ޖެނުއަރީ 01
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޒަކާތުގެ ބިލު ތަސްދީޤު ކުރައްވައިފި2025 ޑިސެމްބަރު 06
ފަޤީރުންގެ ފުލެޓްތަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދިނުމަށް ނިންމައިފި!2025 އޮކްޓޯބަރު 30
ޒަކާތު ހައުސްއިން ބާއްވާ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ މިއަދު ބާއްވަނީ2025 އޯގަސްޓު 23