
ރައީސްގެ ދަތުރުފުޅުން ރ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން : ވަޒީރު ޝިޔާމް
ޒައުޖަތު އަޙުމަދުރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ އަތޮޅުގެ ރައްތިޔިތު އުފާވެރިކަން ގެނެސްދިން އަދި އުންމީދީ ދަތުރެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސްގެ މިދަތުރުފުގާއި ގުޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ މިދަތުރުފުޅު ވެސް ވެގެން މިދިޔައީ އެއަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި އަދި ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ފެށިގެންދިޔަ ދަތުރަކަށްކަމަށެވެ.
އަދި މިއީ އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމު ވިދާޅުވީ ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުންކަމަށާއި، ވަކިން ޚާއްޞަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރިވަގުތުތަކުގެ ސަބަބުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެއަތޮޅުގެ 11 ރަށަކަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚްލާޞްތެރިއެއް: ރައީސް 2026 މާރިޗު 24
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ޤާނޫނެއް ހަދަނީ2026 މާރިޗު 23
އަސާސީ ކާބޯތަކެތި ލިބުމުގައި ކަންބޮޑުވުމެއް ނެތް، އަގު ވެސް މައްޗަށް ނުދާނެ: ރައީސް2026 މާރިޗު 23
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް އެބަކުރަން: ރައީސް2026 މާރިޗު 23