logologologologo
STO
ކުޅިވަރު

އެތްލެޓިކޯ އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ

އެތްލެޓިކޯ އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 14

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 69 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނުކުތްއިރު ކޯޗު މައިކަލް ކެރިކް ވަނީ ޓީމަށް 5 ބަދަލެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެތްލެޓިކޯގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތް ވަނީ ނުވެފައެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ބައެނާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕަބްލޯ ބަރިޔޯސްއެވެ. މި ލަނޑަށްފަހު ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފައިވާއިރު، ބްރަޔަން އެމްބުއެމޯއަށާއި މާކަސް ރަޝްފޯޑަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ޔުނައިޓެޑަށް އިތުުރު ގޮންޖެހުންތަކާ ކުރިމަތިވީ، ޖޮނަތަން ޑޭވިޑަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދެއްކި ރަތް ކާޑަކާއެކު އެ ޓީމުގެ ކުޅުންތެރިއަކު ދަނޑުން ފޮނުވާލުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުގެ ފައިދާ ނަގައި، އޭގެ ފަސް މިނެޓު ފަހުން އެތްލެޓިކޯއިން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޯލާ ލުކްމަންއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް