ގއ. ވިލިނގިލީ ވަގުފު އިމާރާތުގެ މަސައްކަތް ޑިސެމްބަރަށް ނިންމަނީ

ގއ. ވިލިނގިލީގައި ތަރައްގީކުރަމުންދާ ވަގުފު އިމާރާތުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާކަމަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އަތޮޅުތަކުގައި ކުރިއަށްދާ ވަގުފު ބިނާތަކުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ވިލިނގިލީ ވަގުފު އިމާރާތް ނިމި، އެ ތަން ކުއްޔަށް ދީގެން ލިބޭ މާލީ ނަފާ ހޭދަކުރާނީ އެ ދާއިރާއެއްގެ އިސްލާމީ ކަންކަން ކުރިއެރުވުމަށް ކައުންސިލް މެދުވެރިކޮށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަގުފު ފަންޑު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުގެ އިތުރުން ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި ގއ. ވިލިނގިލީގައި ވަގުފު މަޝްރޫއުތައް ވަނީ ފަށާފައެވެ. މީގެ ތެރެއިން ވިލިނގިލި، ތިނަދޫ އަދި ކުޅުދުއްފުށީގެ މަޝްރޫއުތަކަށް ކޮންމެ ރަށަކަށް 10 މިލިއަން ރުފިޔާ ހޭދަވާިއރު، އައްޑޫ ސިޓީގެ މަޝްރޫއަށް 20 މިލިއަން ރުފިޔާ ހޭދަވެއެވެ.
މި އިމާރާތްތަކަކީ އޮފީސް ބަޔާއި، އެކޮމޮޑޭޝަން އަދި ކޮމާޝަލް ސްޕޭސް ހިމެނޭ ގޮތަށް ތަރައްގީކުރާ މަލްޓިޕާޕަސް ކޮމްޕްލެކްސްތަކެކެވެ. މިއިން ލިބޭ އާމްދަނީ ބޭނުންކުރާނީ މިސްކިތްތައް މަރާމާތުކުރުމަށާއި ދީނީ އެކި ހަރަކާތްތައް ހިންގުމަށެވެ. އަދި ފައިސާގެ މުއާމަލާތްތައް ބަލަހައްޓާނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން އެ ރަށެއްގެ ކައުންސިލުންނެވެ.
އިތުރަށް



.gif.gif&w=828&q=100)